މޯލްޑިވްސް ކައުންސިލް ވެބްސައިޓަކީ 5 ފެބްރުއަރީ 2011 ގައި ބާއްވަން ހަމަޖެހިފައިވާ ދިވެހިރާއްޖޭގެ ފުރަތަމަ ލޯކަލް ކައުންސިލް އިންތިހާބުގައި ވާދަކުރާ ކެންޑިޑޭޓުންނާއި އެކެންޑިޑޭޓުން ކުރިމަތިލާ ކައުންސިލްތަކާއި އަދި އިލެކްޝަންއާއި ގުޅޭ އިތުރު މައުލޫމާތުތައް އާއްމުފަރާތްތަކަށް ފޯރުކޮށްދިނުމަށްޓަކައި ތައްޔާރު ކުރެވިފައިވާ ވެބްސައިޓެކެވެ.
މިވެބްސައިޓްގައި ހިމެނޭ އެއްވެސް މައުލޫމާތެއްގައި ކުށެއްވާކަމަށް ފެންނަ ނަމަ އެކަން ވީހާވެސް އަވަހަށް މިވެބްސައިޓް ބަލަހައްޓާ ޓީމްއަށް "ޙިޔާލު ދެއްވާ" ޕޭޖް މެދުވެރިކޮށް އަންގަވައިދެއްވުން އެދެމެވެ. އަދި މިފަދަ ކުށެއް މައުލޫމާތުގައި ވާނަމަ އެކަމަށް މައާފަށް އެދެމެވެ.
މިވެބްސައިޓަކީ އެއްވެސް ޕޮލިޓިކަލް ޕާޓީއަކާއި ގުޅިފައިވާ ވެބްސައިޓެއް ނޫން ކަންވެސް މިވެބްސައިޓަށް ޒިޔާރަތް ކުރައްވާ ބޭފުޅުންގެ މައުލޫމާތަށްޓަކައި ދެންނެވީމެވެ. މިވެބްސައިޓަކީ އިތުރަށް ބޭނުންތެރި ވެބްސައިޓަކަށް ހެދުމަށް އިތުރުކުރެވިދާނެ ނުވަތަ ރަނގަޅު ކުރެވިދާނެ ކަމެއް ވާނަމަ ނުވަތަ އިތުރު އެއްވެސް ހިޔާލެއްވާނަމަ "ޙިޔާލު ދެއްވާ" ޕޭޖް މެދުވެރިކޮށް އަޅުގަނޑުމެންނަށް އެކަން އަނގަވައިދެއްވުމަކީ އަޅުގަނޑުމެން ވަރަށް އެދޭކަމެކެވެ.
މިވެބްސައިޓް ތައްޔާރުކޮށްފައިވަނީ އަލްފިސޮފްޓް (www.alfisoft.com) އާއި އެމް.އެން.ބީ.ސީ (www.mnbc.com.mv) އާއި ގުޅިގެންނެވެ.